ފީފާ ވޯލްޑް ކަޕް 2018: އިންގްލެންޑަށް ވަރުގަދަ ބެލްޖިއަމް. ޔޫރަޕުގެ އެންމެފަހުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕަކަށް

ރަޝިޔާގައި އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ގުރު ރޭގައި ނެގިއިރު އިންގްލެންޑަށް ވަރުގަދަ ބެލްޖިއަމްއާ ކުރިމަތިލާން ޖެހި، ޔޫރަޕުގެ އެންމެ ފަހުގެ ދެ...

02 Dec 2017 | 05:31

ރަޝިޔާގައި އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ގުރު ރޭގައި ނެގިއިރު އިންގްލެންޑަށް ވަރުގަދަ ބެލްޖިއަމްއާ ކުރިމަތިލާން ޖެހި، ޔޫރަޕުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިންނާއި ޕޯޗުގަލް އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.

ބައިނަލް އަގުވާމީ ފުޓްބޯޅައިގައި ފަހުގެ ތާރީޚުގައި ކާމިޔާބީއެއް ހޯދިފައިނެތް އިންގްލެންޑްގެ ޓީމަށް ބެލްޖިއަމްއާ ޖެހުމަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ކުރިމަތިވާނެ އެންމެ ބޮޑު އިންތިހާނެވެ. ބެލްޖިއަމް އަކީ އިނގިރޭސި ލީގުގައި ކުޅޭ ހުނަރުވެރި، ރޮމެލޫ ލުކާކޫ، ތިބެއޯ ކޯޓުއަސް އަދި ކެވިން ޑި ބްރޭނާ ފަދަ ކުޅުންތެރިން ކުޅުންތެރިންނާއެކު މިފަހުން ވަރަށް ވަރުގަދަކޮށް ފެންނަ ޓީމެކެވެ. އަނެއްކޮޅުން އިންގްލެންޑުން އޮތީ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ކާމިޔާބީއެއް ހޯދުމަށް ކެތްމަދުވެފައެވެ.

ރޭގެ ގުރުގައި ދެން އެންމެ ފާހަގަކޮށްލެވުނީ ޔޫރޯ މުބާރާތުގެ އެންމެ ފަހުގެ ދެ ޗެމްޕިއަން ކަމަށްވާ ސްޕެއިން އާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދިފާޢު ކޮށްފައިވާ ރޮނާލްޑޯގެ ޕޯޗުގަލް އެއް ގްރޫޕަކަށް ލައްވާލުމެވެ. ކޮލިފައިންގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި އޮތް ސްޕެއިންއަށް ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައެވެ.

މިފަހަރުގެ ވޯލްޑްކަޕް ހުޅުވާ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އާއި ސައޫދީ ޢަރަބިޔާ އެވެ. މިއީ ވޯލްޑްކަޕް ހުޅުވާ މެޗެއްގައި އޭޝިޔާގެ ގައުމެއް ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މި މެޗު ފެށޭނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ދިވެހިރާއްޖެ ގަޑިން 20:00 ގައެވެ.

ފީފާ ވޯލްޑް ކަޕް، ރަޝިޔާ 2018 ގެ ގްރޫޕްތައް

ގްރޫޕް އޭ ގްރޫޕް ބީ ގްރޫޕް ސީ ގްރޫޕް ޑީ
ރަޝިޔާ ޕޯޗުގަލް ފްރާންސް އާޖެންޓީނާ
ސައޫދީ ޢަރަބިޔާ ސްޕެއިން އޮސްޓްރޭލިޔާ އައިސްލޭންޑް
އިޖިޕްޓް މޮރޮކޯ ޕެރޫ ކްރޮއޭޝިއާ
އުރުގުއޭ އިރާން ޑެންމާކް ނައިޖީރިއާ
ގްރޫޕް އީ ގްރޫޕް އެފް ގްރޫޕް ޖީ ގްރޫޕް އެޗް
ބްރެޒިލް ޖާމަން ބެލްޖިއަމް ޕްލެންޑް
ސްވިޒަލޭންޑް މެކްސިކޯ ޕެނަމާ ސެނެގާލް
ކޮސްޓަ ރިކާ ސްވިޑަން ޓިއުނީޝިއާ ކޮލަމްބިއާ
ސާބިއާ ސައުތު ކޮރެއާ އިންގްލެންޑް ޖަޕާން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް