ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު އެ ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ދަށްވެ، ރާއްޖޭގެ އުތުރަށް ނެރެފައިވާ ޔެލޯ އެލާޓް، ވައިޓް އެލާޓަށް ޑައުންގްރޭޑް ކޮށްފި އެވެ.
އިތުރު ތަފްސީލް ދުވަހަށް ހިއްސާ ކުރަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ތުފާން ރަނގަޅަށް އަރަބި ކަނޑުގެ ތެރެއަށްވަދެ، ތޫފާން ދަތުރުކުރަމުން އަންނަ ސްޕީޑްވެސް އަވަސް ވެފައިވާކަމަށެވެ. އަދި އެ ސްޕީޑްގައި މެއިންޓެއިން ކުރާނެ ކަމުގައި ބެލެވޭ ކަމަށެވެ.
"ރޭގައި އޮތީ ވެރީ ސިވިއަރ ސައިކްލޯން އެއްގެ ގޮތުގައި، މިހާރު ބެލެވޭ ގޮތުގައި އެދަނީ އެއަށްވުރެ ދަށް ސްޓޭޖަކަށް ބަދަލުވަމުން" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ހެނދުނު 06:20ގައި ވައިޓް އެލާޓް ނެރެފައިވަނީ އެންމެ އުތުރުގެ ތިން އަތޮޅަށެވެ. އެއީ ހއ އަތޮޅާއި ހދ އަތޮޅާއި އަދި ށ އަތޮޅެވެ.
އެ އެލާޓްގައި ބުނެފައިވަނީ އެ ތިން އަތޮޅަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގައި ޖެހެމުންދާނެ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ތޫފާން އޯޗީއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ތޫފާން މިހާރު ދަތުރުކުރަމުންދަނީ މަލިކާއި ދިމާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް