އިންޑިއާއިން މަރުވި މީހުންގެ އަދަދު 14 އަށް، ކަނޑުން ނެގި މީހުންގެ އަދަދު 214 އަށް

ތޫފާން އޯޗީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ. މިއަދަދު 14 އަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި ކެރަލާއިން އިތުރު ތިން މީހަކު މަރުވުމުންނެވެ. މިހާތަނަށް ތުފާން އޯޗީގައި އިން...

02 Dec 2017 | 01:22

ތޫފާން އޯޗީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ. މިއަދަދު 14 އަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި ކެރަލާއިން އިތުރު ތިން މީހަކު މަރުވުމުންނެވެ.

މިހާތަނަށް ތުފާން އޯޗީގައި އިންޑިއާއިން 14 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު، ގެއްލިފައިވާ އެތައް ސަތޭކަ މަސްވެރިންނެއް ހޯދުމަށް އިންޑިއާގެ ނޭވީން ފެށި އޮޕަރޭޝަނުގައި މިހާތަނަށް 214 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. ސަލާމަތް ކުރި 214 މީހުންގެ ތެރެއިން 60 މަސްވެރިއަކު ސަލާމަތްކުރީ ޖަޕާނުގެ ބޯޓަކުން ކަމުގައި އިންޑިއާއިން ބުނެފައި ވެ އެވެ.

އޯޗީގައި 14 މީހަކު މަރުވެ، ގެއްލުނު އެތައް ސަތޭކަ މަސްވެރިންގެ ތެރެއިން 214 މީހަކު ހޯދާފައިވާއިރު ތޫފާނުގެ މިސްރާބު މިހާރު ހުރީ މަލިކާއި ދިމާއަށެވެ. އިންޑިއާގައި ގާއިމް ކޮށްފައިވާ ސަރަހައްދީ މީޓިއޮރޮލޮލިކަލް ސެންޓަރުން ނިމުތު ކުރާގޮތުގައި މިއަދުގެ ވަގުތެއްގައި ތޫފާން އޯޗީ މަލިކަށް އަރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް