ކަޅުއޮށްފުންމީގެ ނަކަލު މޫދަށް ބާލައިފި

ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމީގެ ނަކަލު މޫދަށް ބާލައިފިއެވެ. ކަޅުއޮށްފުންމި ބާލާފައިވަނީ އިހުޒަމާނުގައި އޮޑިދޯނިފަހަރު މޫދަށް ބާލައި އުޅުނު ގޮތަށް ކަނދު އަޅައިގެން މިއަދު މެންދުރެއްހާ އ...

02 Dec 2015 | 12:09

ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމީގެ ނަކަލު މޫދަށް ބާލައިފިއެވެ.

ކަޅުއޮށްފުންމި ބާލާފައިވަނީ އިހުޒަމާނުގައި އޮޑިދޯނިފަހަރު މޫދަށް ބާލައި އުޅުނު ގޮތަށް ކަނދު އަޅައިގެން މިއަދު މެންދުރެއްހާ އިރުއެވެ.

ފަންސާސް އެއްފޫޓުގެ ކަޅުއޮށްފުންމި މޫދަށް ބޭލުމުގައި އެރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަމަށް ނޭކުރެންދޫ ކައުންސިލު އިދާރާއިން ބުނެއެވެ.

ޤައުމީ ދުވަހަށް ހއ. އުތީމަށް މިއޮޑި ގެންދާނީ ކަޅުއޮށްފުންމި ބަނުމުގައި އިސްކޮށްއުޅުނު ފަރާތްތަކާއި ދޯނީގެ ރިޔާ ބަލަހައްޓާ ޚާއްޞަ ފަރާތްތަކުން ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ، ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑީގެ ނަކަލެއް ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށާއި އެހެން ގޮތްގޮތުން ދޭން ޖެހޭ ޚަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާއަށް އަރައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް