އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އަލީ ޝިޔާމް ފުލުހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައިވަނީ މިއަދު މެންދުރުފަހު 2:30 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އަލީ ޝިޔާމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އިންފޮމޭޝަން އޮފިޝަރު ނުދެއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް