ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މުހައްމަދު ވިޝާމް ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.
އިންޓަޕޯލުން ނެރެފައިވާ ނޯޓިސްގައި ބުނެފައިވަނީ މަރާލާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލައަކާއި މަކަރު ހެދި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮންވި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ ވިޝާމް އާއި އެމްއެމްޕީއާރުސީގެ ޑީއެމްޑީ މުހައްމަދު އަސީލާއި، ހިބަޅިދޫ ތަރައްގީ ކުރާ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ)އާއި އަހުމަދު އިޝްފާހު ހޯދަން ވެސް އިންޓަޕޯލްއިން ވަނީ ރެޑް ނޯޓިސް ނެރެފައެވެ.
މަރުގެ އިންޒާރު ދިން މައްލައިގާ ވިޝާމް ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާއިރު އޮންލައިން ނޫހެއް ކަމަށްވާ ވަގުތުގެ މިލްކުވެރިކަން ބިރު ދައްކައިގެން ފޭރިގަނެފައިވަނީ ވިޝާމުގެ ނަން މައްޗަށެވެ. ވަގުތު ނޫހުގެ މަސްއޫލުވެރިޔާ މުސައްރަފް ހަސަން ދީދީއަށް ވިޝާމް މަރުގެ އިންޒާރު ދީފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް