ދެބެންގެ ދެމެދުގައި އުފެދުނު މައްސަލައެއްގައި މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މިއަދު ފަތިހު 05:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މިމައްސަލާގައި މ...

02 Dec 2015 | 06:29

މާލޭގެ ގެއެއްގެ ތެރޭގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 05:50 ހާއިރު ފުލުހުންނަށް ހުށަހެޅުނު މިމައްސަލާގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފަސް މީހުންނަނީވެސް ދިވެހި ފިރިހެނުން ކަމަށެވެ. މި މާރާމާރީގައި އެކަކަށް އަނިޔާލިބިފައިވާއިރު އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި މާރާމާރީ އަކީ ދެބެއިންގެ ދެމެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިންގާފައިވާ މާރާމާރީއެއް، މިމައްސަލަ އާއި ގުޅިގެން މާރާމާރީ ހިންގިގެ ބަލައި ފާސްކުރިއިރު އެގޭތެރެއިން ނުކަނޑާހުރި 24 ބަނގުރާ ފުޅިއާއި 2 ތަށި ބަނގުރާ ފެނިފައިވޭ" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް