ރައީސް ޔާމީންގެ އަރިހަށް އެމެރިކާގެ ޝަފީރު، ވަދާއީ ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އެމެރިކާ ‏‏ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.‏ ރައީސުލްޖުމްހ...

02 Dec 2014 | 08:29

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އެމެރިކާ ‏‏ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި މިއަދު ހެނދުނު އޮތް ‏‏‏މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ރާއްޖެއަށް ‏‏ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ‏‏އެކި‏‎‎‏ގޮތްގޮތުން ދެއްވި ‏‏އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އެކަމަނާއަށް ޝުކުރު ‏‏‏އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށާއި، މިގުޅުން ‏‏އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ‏‏ކުރެއްވި ކަމަށާއި ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާގެ އިތުރުން، ‏‏ބައިނަލްއަޤްވާމީ މަޝްރަހުގައި ދެޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ‏‏ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ގުޅުންތައް ‏‏މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވައިލެއްވި ކަމަށެވެ.

އެ އޮފީހުން އިތުރަށް ވިދާޅުވި އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ‏ އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ޚިދުމަތް ކުރެއްވުމަކީ، އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ‏‏ބޮޑު ޝަރަފަކާއި ފަޚުރެއްކަމުގައި ވިދާޅުވި ކަމަށާއި އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެއާއި ‏‏އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައިވެސް އެކަމަނާ ‏‏ފާހަގަކުރެއްވި ކަމަށެވެ. އަދި މީގެއިތުރަށް، މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ބޮޑެތި ‏‏ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް