ފަނޑިޔާރު ކަމުން ތިން ބޭފުޅަކު މުސްކުޅި ކުރައްވައިފި

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި 55 އަހަރު ނުވި ނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ...

02 Dec 2014 | 08:18

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި 55 އަހަރު ނުވި ނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދުގެ ދަށުން ތިން ބޭފުޅަކު ފަނޑިޔާރު ކަމުން މުސްކުޅި ކުރައްވައިފި އެވެ.

އެގޮތުން މުސްކުޅި ކުރައްވާފައިވާ ތިން ބޭފުޅުންނަކީ ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ މަގާމުގައި ހުންނެވި އެރަށު ހާވިލާ، މުހައްމަދު ޒާހިރު އަބްދުﷲ އާއި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ މަގާމުގައި ހުންނެވި އެރަށު ފީރޯޒްގޭ ޖައުފަރު ރަޝީދުގެ އިތުރުން ހދ.އަތޮޅު ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އެރަށު ބަހާރުގޭ ހުސެއިން ވަހީދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވިދާޅުވިއެވެ.

އެ ކޮމިޝަނުން އިތުރަށް ވިދާޅުވީ މި ތިން ބޭފުޅުން މުސްކުޅި ކުރަން ނިންމީ 10 ނޮވެމްބަރުގައި އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެ ތިން ބޭފުޅުން މުސްކުޅި ކުރައްވާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް