ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން، އޯޓިޒަމް އެސޯސިއޭޝަނަށް މިއަދު 20 ހާސް ރުފިޔާ ހަދިޔާކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވިދާޅުވީ ފައިސަލް ފައުންޑޭޝަނުން އެ އެސޯސިއޭޝަނުން 20 ހާސް ރުފިޔާ ހަދިޔާ ކުރެއްވީ ފައިސަލް ނަސީމް އިތުރު މެމްބަރަކާއި އިޖްތިމާއީ ދާއިރާއިން ގައުމީ އިނާމް ހާސިލް ކޮށްފައިވާ އަހުމަދު ހިޝާން އާއެކު އެ އޮފީހަށް ވަޑައިގެން މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.
"ފައިސަލް ނަޝީމް ވިދާޅުވި، މަޖިލިސް ތެރެއިންނާއި ސަރުކާރު ތެރެއިން އޯޓިޒަމް ހުންނަ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އަދި ކުރިމަގުގައި އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެއްވާނެ ކަމަށް" އިފްހާމް ހުސެއިން ވިދާޅުވިއެވެ.
އިފްހާމް އިތުރަށް ވިދާޅުވީ ފައިސަލް ނަސީމާއެކު ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން އޯޓިޒަމް އެސޯސިއޭޝަނަށް ވަޑައިގެން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި މިފަދަ އެހީތަކަށް އެ އެސޯސިއޭޝަންގެ ފަރާތުން އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް