ބެލޮންޑިއޯ ނޮމިނޭޝަން ލިސްޓް 3 ކުޅުންތެރިންނަށް

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ލިސްޓް 3 ކުޅުންތެރިންނަށް ކުޑަކޮށްފިއެވެ. އެގޮތުން ބެލޮންޑިއޯއަށް މިހާރު ވާދަކުރާ 3 ކުޅުންތެރިންނަކީ ރިއާލްގެ ކްރިސްޓިއާނޯ ރޮނާލްޑްގ...

02 Dec 2014 | 06:52

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ލިސްޓް 3 ކުޅުންތެރިންނަށް ކުޑަކޮށްފިއެވެ.

އެގޮތުން ބެލޮންޑިއޯއަށް މިހާރު ވާދަކުރާ 3 ކުޅުންތެރިންނަކީ ރިއާލްގެ ކްރިސްޓިއާނޯ ރޮނާލްޑްގެ އިތުރުން ލަޔަނަލް މެސީ އަދި މެނުއަލް ނޯޔަރއެވެ.

ފިފާއިން ބެލޮންޑިއޯގެ ހައްގުވެރި ފަރާތެއް އިއުލާންކުރާނީ އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ. އެގޮތުން 3 ކުޅުންތެރިންނަށް ފީފާއިން ލިސްޓް ކުޑަކޮށްފައިވަނީ 23 މީހުންގެ ލިސްޓަކުންނެވެ.

ފީފާ އަހަރުގެ އެންމެ މޮޅު ކޯޗަށް ވާދަކުރާ ކޯޗުންނަކީ ރިއާލްގެ އެންސެލޯޓީގެ އިތުރުން ޖަރުމަނަށް ވާރލްޑް ކަޕް ހޯދައިދިން ކޯޗު ޖޯކިމް ލޯ އަދި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީއެވެ.

ރޮނާލްޑޯ މި އެވޯޑަށް ނޮމިނޭޓް ވެފައިވާއިރު ރޮނާލްޑޯވަނީ ވޭތުވެދިޔަ ސީޒަންގައި ރިއާލްއަށް 51 ގޯލް ކާމިޔާބުކޮށްދީ ޗެމްޕިއަންސްލީގު ހޯދުމަށް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

4 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ މި ލިސްޓަށް އައުމަކީ ހައިރާންކަމަކަށް ނުވާނެއެވެ. އެގޮތުން މެސީވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ލަލީގާ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑުގެ އިތުރުން ޗެމްޕިއަންސްލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. އަދި ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި މެސީވަނީ މި އެވޯޑުގެ 1 ވަނަ ނުވަތަ 2 ވަނައިގެ ތެރޭގައި ހިމެނިފައެވެ.

ލިސްޓަށް ދެން ނޮމިނޭޓްވި މެނުއަލް ނޯޔަރއަކީ ދުނިޔެ ދުތް އެންމެ މޮޅު ގޯލްކީޕަރކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ޖަރމަނުގެ "ސްވިޕަރ ކީޕަރ"ވަނީ ޖަރމަނަށް ވާރލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އެނާގެ ކުލަބް ބަޔާރންއަށް ލީގު ހޯދުމުގައިވެސް ނޯޔަރގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިއީ 2002 ވަނަ އަހަރު އޮލިވަރ ކާންއަށްފަހު މި ލިސްޓްގެ ގަދަ 3 އަކަށް ކީޕަރަކު ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.

2013 ވަނަ އަހަރުގެ ބެލޮންޑިއޯ ހޯދާފައިވަނީ ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް