ލ.އަތޮޅު ބަށިބޯޅަ މުބާރާތް: މާބައިދޫ އަދި ރިއަލް އައިލެންޑް ސެމީއަށް

ހައްދުންމަތީ ކައުންސިލް ބަށިބޯޅަ މުބާރާތުގެ ކުއަރޓާފައިނަލް މެޗުތަށް ކާމިޔާބުކޮށް މާބައިދޫ އަދި ރިއަލް އައިލެންޑް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. އެގޮތުން އިއްޔެ ކުޅުނު ކުއަރޓާފައިނަލް 3 ވަނަ މެޗުގައ...

02 Dec 2014 | 06:14

ހައްދުންމަތީ ކައުންސިލް ބަށިބޯޅަ މުބާރާތުގެ ކުއަރޓާފައިނަލް މެޗުތަށް ކާމިޔާބުކޮށް މާބައިދޫ އަދި ރިއަލް އައިލެންޑް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

އެގޮތުން އިއްޔެ ކުޅުނު ކުއަރޓާފައިނަލް 3 ވަނަ މެޗުގައި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާގެ އޯކިޑް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުން ބައްދަލުކޮށް 26 ލަނޑު 0 ފޯލި، 24 ލަނޑު 7 ފޯލިން މެޗުކާމިޔާބުކުރީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ ޖާރސީ ނަންބަރ 3 އާއިޝަތު މިންނާއެވެ.

ކުއަރޓާފައިނަލްގެ ފަހު މެޗުގައި ލ.ގަމު ރިއަލް އައިލެންޑް އަދި ލ.ފޮނަދޫ ހެލްޕިންގް ހޭންޑްސް އޮފް މޯލްޑިވްސްގެ ލޮޓަސް ބައްދަލުކޮށް 23 ލަނޑު 0 ފޯލި، 29 ލަނޑު 9 ފޯލިން މެޗު ކާމިޔާބުކުރީ ރިއަލް އައިލެންޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް އައިލެންޑްގެ ޖާރސީ ނަންބަރ 3 ހައްވާ ލިއުޝާއެވެ.

މުބާރާތުގެ ސެމީފައިނަލް 2 މެޗު މިއަދު ކުޅޭނެއެވެ. އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާސް އަދި ފެހިޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ރިއަލް އައިލެންޑް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް