ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ ގޮތްޕެއް ތިލަފުށީގައި ގާއިމް ކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ ގޮތްޕެއް ތިލަފުށީގައި ޤާއިމްކޮށް އެ ޔުނިޓްގެ މަސައްކަތްތައް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު ތިލަފުށީގައި ޑްރަގް އޮޕަރޭޝަންސް ޔުނިޓް...

02 Dec 2014 | 03:58

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ ގޮތްޕެއް ތިލަފުށީގައި ޤާއިމްކޮށް އެ ޔުނިޓްގެ މަސައްކަތްތައް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ތިލަފުށީގައި ޑްރަގް އޮޕަރޭޝަންސް ޔުނިޓްގެ މަސައްކަތްތައް ފަށާފައިވަނީ ތިލަފުށްޓަކީ ރާއްޖެއިން ބޭރުން އަންނަ ބޯޓު ފަހަރު ބަނދަރުކުރުމަށް އަމިއްލަ ބަނދަރުތަކެއް ހުރި ރަށަކަށްވާތީ އާއި އެރަށަކީ ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތްކުރާ ރަށްކަށްވުމާއެކު ތިލަފުށީގެ ސަލަމާތާއި ރައްކާތެރިކަމަށް މާލެސިޓީ ޕޮލިސްގެ ތިލަފުށި ޕޮލިސް ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، މަސްތުވާތަކެއްޗަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމުގެ ގޮތުން ކަމަށެވެ.

މަސްތުވާތަކެއްޗަށް ޚާއްސަ ސަމާލުކަމެއް ދީގެން މި ޔުނިޓްގެ މަސައްކަތްތައް ކުރިއަށްގެންދާއިރު މި މަސައްކަތްތަކާއި ހިންގާ އޮޕަރޭޝަންތައް ހިންގަމުންދާނީ ތިލަފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޚިދުމަތްތައް ރާއްޖޭގެ އެހެން އަތޮޅުތަކަށް ފުޅާކުރުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް