ހިއުމަން ރައިޓްސް ކޮމިޝަނުން މާދަމާ މާފުށީ ޖަލަށް ޒިޔާރަތް ކުރަނީ

މިރޭ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 4 އޮފިޝަރަކާއި 10 ގައިދީއަކު ޒަހަމްވެފައިވާއިރު މާދަމާގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން މާފުށީ ޖަލަށް ޒިޔާރަތް ކުރަން ނިންމާފައިވާކަމަށް ދުވަހަށް މަ...

01 Dec 2014 | 21:22

މިރޭ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 4 އޮފިޝަރަކާއި 10 ގައިދީއަކު ޒަހަމްވެފައިވާއިރު މާދަމާގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން މާފުށީ ޖަލަށް ޒިޔާރަތް ކުރަން ނިންމާފައިވާކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް ދުވަހަށް މައުލޫމާތު ދެމުން ޖަލު ބަލަހައްޓާ އޮފިޝަރަކު ވިދާޅުވީ ބައެއް ގައިދީންނަށްވެސް ބޮޑެތި އަނިޔާތަކެއް މިރޭ ލިބިފައިވާކަމަށެވެ.

އަދި އެކަން ޖަލުގެ ބައެއް އޮފިޝަރުން ހިއުމަން ރައިޓްސް ކޮމީޝަނަށް އެންގުމުން އެ ކޮމިޝަންގެ އޮފިޝަލުން މާދަމާގެ ވަގުތެއްގައި ޖަލަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ އޮފިޝަރު ވިދާޅުވިއެވެ.

މިރޭ 10:20 ހާއިރު މާފުށީ ޖަލުގައި ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު މިރޭ ހިނގި ކުރިމަތިލުންތަކުގައި ޖަލު ބަލަހަށްޓާ 5 އޮފިސަރުންނާއި 10 ގައިދީ އަކު ވަނީ ޒަހަމް ވެފައިވެއެވެ.

ކަރެކްޝަން ސަރވިސް އިން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ކުރިމަތިލުންތަކުގައި ޒަހަމްވެފައި ވަނީ ހަތަރު އޮފިސަރުންނެވެ. އޭގެތެރެއިން 3 އޮފިސަރެއްގެ ބޯ ފަޅައިގެން ގޮސް އެމީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށްވެސް ކަރެކްޝަންސް ސާވިސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް