ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ޝިވާން އިބްރާހީމް (މާލެ / މ. ޕިންކްލައިޓް) އާއި 38 އަހަރުގެ އަހްމަދު މުހައްމަދު (ތ. ތިމަރަފުށި / އަލީއާބާދު) އާއި 41 އަހަރުގެ އަޒުހަދު އަލީމަނިކު (ތ. ތިމަރަފުށި / މާލޭގެއާގެ) އަދި 41 އަހަރުގެ އާމިނަތު ނިސާ (ތ. ތިމަރަފުށި / ވިލާ) އެވެ.
މި ހަތަރު މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމާއި ޓްރެފިކްކުރުމުގެ ކުށެވެ. އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް