ބައްޔެއް ޖެހިފައިވާ ކުޑަކުއްޖެއްގެ ނޭވާލުމާއި ހޭލެވުމާއި ހަމުގެ ކުލައާއި ކުޑަކަމުދިއުމަށް ބަދަލު އަންނަނަމަ، އެ ކުއްޖާގެ ހަށިގަނޑުގެ މުހިންމު ގުނަވަންތައް ނުރައްކަލުގައި އޮވެދާނެ ކަމުގެ އިންޒާރުގެ ނިޝާންތައް ދެނެގަންނާނެ ގޮތް ތަޖުރިބާކާރުން ހާމަކޮށްފިއެވެ.
ކުއްޖަކު އާދަޔާ ޚިލާފަށް ނިދި އައިސް، ކިރު ނުބޮއި، ނުވަތަ ފައިތިލައާއި އަތް ފިނިވުމަކީ ބައެއް ފަހަރު ވަރަށް އާދައިގެ ކަމެއް ކަމުގައި ހީވެދާނެއެވެ. ނަމަވެސް ބައްޔެއްގެ ތެރޭގައި މި ބަދަލުތައް ފެންނަނީނަމަ، ސީރިއަސް ހާލަތެއް ކުރިމަތިވަމުން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ބޮޑެތި އިންފެކްޝަންތަކާއި ސެޕްސިސް އަދި ހަށިގަނޑުން ފެންމަދުވުން ފަދަ ހާލަތްތަކުގައި ސިކުނޑިއާއި ފުއްޕާމެޔާއި ހިތާއި ކިޑްނީ އަދި ލިވާއަށް ލޭ ދައުރުވުމަށް ހުރަސްއެޅި، އެއް ފަހަރާ ގިނަ ގުނަވަންތައް ބަލިކަށިވާން ފެށުމުން ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވެދާނެއެވެ.
ޕޫނޭގެ ސޫރިޔާ މަދާ އެންޑް ޗައިލްޑް ހޮސްޕިޓަލުގެ ކުޑަކުދީންގެ ބަލިތަކާ ބެހޭ ބައިގެ އިސް ޑޮކްޓަރު، ޑރ. އަމީތާ ކައުލް ފާހަގަކުރެއްވި ގޮތުގައި ބެލެނިވެރިން ސަމާލުވާންވީ ފަސް ދާއިރާއެއް ވެއެވެ. ސިކުނޑީގެ ފަރާތުން ބަލާއިރު، އާންމުކޮށް ކުޅެ، ލޮލާ ލޯ ދިމާކޮށް، ރޮއި އުޅޭ ކުއްޖަކު ކުއްލިއަކަށް ވެއްޓި، ބާރު ދެރަވެ، ނުވަތަ ހޭނެތޭ ނަމަ އެވެ. ފުއްޕާމޭގެ ފަރާތުން ބަލާނީ ނޭވާލާއިރު މޭކަށިގަނޑު ދޭތެރެ އެތެރެއަށް ވަންނަތޯ ނުވަތަ ނޭފަތް ބޮޑުވެ ފުފޭތޯ ކަމަށާއި މައިމީހާގެ ގާތުން ބޯން ނުކެރިގެން އުޅޭތޯ ބެލުން މުހިންމު ކަމަށް ފާހަގަ ކުރެއްވި އެވެ. ތުންފަތާއި ދުލުގެ ކުލަ ނޫ ނުވަތަ އަޅި ކުލައަކަށް ބަދަލުވުމަކީ އޮކްސިޖެން ނުރައްކާ މިންވަރަކަށް ދަށްވެފައިވާ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވި އެވެ.
ލޭ ދައުރުވުމާ ގުޅޭ ގޮތުން ބަލާއިރު، ފިނިމޫސުމެއް ނޫން ވަގުތެއްގައި ވެސް ކުއްޖާގެ އަތްފައި ފިނިވެ، ހަން ދޮންވެ ނުވަތަ ފެއްސާއި ހުދާ އެކުވެފައި ހުންނަ ކުލައެއް ފެނި، ހިތުގެ ވިންދު ބާރުވެ، ހޭވެރިކަން ދަށްވާނަމަ ލޭ ދައުރުވުމުގައި މައްސަލައެއް ހުރެދާނެއެވެ. ހުން ރަނގަޅުވުމުން ކުއްޖާ ރަނގަޅުވެއްޖެ ކަމަށް ނިންމައިގެން ނުވާނެއެވެ. ކިޑްނީއާ ގުޅޭ ގޮތުން ބެލެނިވެރިން ސަމާލުކަން ދޭންވީ ނެޕީ ތެމޭ މިންވަރު ފާހަގަވާ ވަރަށް ދަށްވެ، ކުޑަކަމުދާ ފެން ކުލަ ގަދަވެ، ނުވަތަ އަށެއް ނޫނީ 10 ގަޑިއިރު ކުޑަކަމުނުދާ ނަމައެވެ.
ލޮލުގެ ވަށައިގެން ނުވަތަ މޫނު ދުޅަވުމަކީ ވެސް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމެކެވެ. ލިވާއާ ގުޅޭ ގޮތުން ހަމާއި ލޮލުގެ ހުދު ބައި ރީނދޫވުމާއި، ގަދަ ފެހި ކުލައިގެ ހޮޑުލެވުމާއި، ބޮޑުކަމުދާ ތަކެތީގެ ކުލަ އާދަޔާ ޚިލާފަށް ދޮންވުމަކީ ވެސް ކުއްލި ފަރުވާ ބޭނުންވެދާނެ ހާލަތެކެވެ.
ޑރ. އަމީތާ ހާމަކުރެއްވި ގޮތުގައި، ބެލެނިވެރިން ގުނަވަނެއް ދެނެގަންނާކަށް ނުޖެހެއެވެ؛ އެ މީހުންގެ އެންމެ ބޮޑު ޒިންމާއަކީ ކުއްޖާގެ އާންމު ހާލަތުން ބޮޑު ބަދަލެއް ފެނި، ނޭވާލުމާއި ހޭލެވުމާއި ހަމުގެ ކުލައާއި ކުޑަކަމުދިއުން ފަދަ ގިނަ އިންޒާރުގެ ނިޝާންތައް އެއްފަހަރާ ފެންނަ ނަމައެވެ. ނޭވާލާން ދަތިވެ ނުވަތަ ހޭނެލެވުމުން ދަތިވާ ނަމައެވެ. ގުނަވަނެއް ފެއިލްވޭތޯ ކަށަވަރުކުރެވޭނީ ހަމައެކަނި ޑޮކްޓަރުގެ ތަހުލީލުތަކުންނެވެ. ނަމަވެސް މި ނިޝާންތައް ކުރީބައިގައި ދެނެގަނެ، ލަސްނުކޮށް ފަރުވާ ހޯދުމަކީ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ މުހިންމު ފިޔަވަޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް