އިންތިހާބު ރަނގަޅު ނޫންކަމަށް ބަޔާން ދިނުމަށް މުވައްޒަފުންނަށް އެބަ އާދޭސްކުރޭ: އީސީ ޝަރީފް

ނިމިދިޔަ ރިޔާސީ އިންތިހާބު ރަނގަޅު ނޫންކަމަށް ބަޔާން ދިނުމަށް ބައެއް މުވައްޒަފުންނަށް އާދޭސް ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވި...

02 Nov 2018 | 11:13

ނިމިދިޔަ ރިޔާސީ އިންތިހާބު ރަނގަޅު ނޫންކަމަށް ބަޔާން ދިނުމަށް ބައެއް މުވައްޒަފުންނަށް އާދޭސް ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ބައެއް ފަރާތްތަކުން އިންތިހާބުގެ މަސައްކަތްކުރި ބައެއް މުވައްޒަފުން އިންތިހާބު ރަނގަޅު ނޫންކަމަށް ބަޔާން ދިނުމަށް އާދޭސް ކުރަމުންދާކަމުގެ މައުލޫމާތު އެބަލިބޭ" އީސީ ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބޫއަށް ކާމިޔާބުވީ އީސީ ކަމެއް ކޮށްދީގެން ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވީ އީސީ ވަކިކަމެއް ކޮށްދީގެން ނޫންކަމުގައިވެސް ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އީސީ ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިންތިހާބުގެ ނަތީޖާ ލިބުނު އިރު ރައީސް ޔާމީން ބޮޑު ތަނުން ބަލިވުމުން ޖެހިގެން އައި ދުވަހު ބަލި ގަބޫލުކުރެއްވިއެވެ. ނަމަވެސް ޖެހިގެން އައި ހަފްތާގައި ބަލި ގަބޫލު ނުކުރައްވާ އިންތިހާބު ބާތިލުކޮށްދިނުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންފައިވަނީ އިންތިހާބު ބާތިލުރާނެ ޖާގައެއް ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް