ތެޔޮ ބާޖެއްގައި ޖެހި މުދާ އުފުލާ ދޯންޏެއް އަޑިއަށް

ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި "ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކާއި "ހޯކް" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ޖެހި މުދާ އުފުލާ ދޯނި އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑިއެފުން ބުނެފައިވަނި ...

02 Nov 2018 | 10:12

ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި "ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކާއި "ހޯކް" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ޖެހި މުދާ އުފުލާ ދޯނި އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑިއެފުން ބުނެފައިވަނި ކަނޑުމަތީގެ މި އެކްސިޑެންޓް ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

"ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯރޓް ކައިރިން ހިނގި މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޓީމެއް ވަނީ ގޮސް ހަރަކާތްތެރިވާންފަށާފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ 23 މީޓަރުގެ ދިގުމިން ހުރި މި ދޯނި ތެޔޮ ބާޖުގައި ޖެހުމުގެ ސަބަބުން ދޯނީގެ ކޮޅު މައްޔާ ފަޅައިގެންގޮސް ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށްގޮސްފައި ކަމަށާއި މި އެކްސިޑެންޓް ހިނގިއިރު މި ދޯނީގައި  ތިން ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށެވެ. މިމީހުން ވަނީ ތެޔޮ ބާޖަށް ނަގާފައި ކަމަށާއި މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް