އައިއެސް އިން އިރާގުގެ 85 މީހަކު މަރާލައިފި

އިރާގާއި ސޫރިޔާގައި ވަކި ހިލާފތެއް އިއުލާނު ކުރުމަށްފަހު ހަރަކާތްތެރިވަމުން އަންނަ އައިއެސް އިން އިރާގުގެ އަލްބު ނިމްރު ގަބީލާއަށް ނިސްބަތްވާ 85 މީހަކު މަރާލާފައިވާކަމަށް އެ ގަބީލާއިން އިއްޔެ ހާމަކޮށް...

02 Nov 2014 | 08:59

އިރާގާއި ސޫރިޔާގައި ވަކި ހިލާފތެއް އިއުލާނު ކުރުމަށްފަހު ހަރަކާތްތެރިވަމުން އަންނަ އައިއެސް އިން އިރާގުގެ އަލްބު ނިމްރު ގަބީލާއަށް ނިސްބަތްވާ 85 މީހަކު މަރާލާފައިވާކަމަށް އެ ގަބީލާއިން އިއްޔެ ހާމަކޮށްފި އެވެ.

ރޮއިޓާސް އަށް މައުލޫމާތު ދެމުން އަލްބު ނިމްރު ގަބީލާގެ އިސް ލީޑަރެއް ކަމަށްވާ ސެއިހް ނައީމް އަލް ގާއޫދު ބުނީ އެ ގަބީލާއިން ގެއްލިފައިވާ 50 މީހަކު މިދިޔަ ހުރުކު ދުވަހު މަރާލާފައިވާކަމަށެވެ. އަދި ބޮޑު ވަޅެއްގެ ތެރެއިން އެ ގަބީލާއަށް ނިސްބަތްވާ 35 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށްވެސް ނައީމް އަލްގާއޫދު ބުންޏެވެ.

އެ ގަބީލާއިން ބުނީ އެ ގަބީލާއަށް ނިސްބަތްވާ މީހުން އައިއެސްއިން މަރަމުން އަންނައިރު އިރާގުގެ ހަނގުރާމަވެރިންގެ އެހީއެއް ލިބޭނެ ދުވަހެއް ނޭންގޭ ކަމަށާއި އައިއެސްގެ އަތްދަށުން ގަބީލާ ސަލާމަތްކުރަން ބޭނުންވާ ކަމަށެވެ.

އަލްބު ނިމްރު ގަބީލާ އައިއެސްގެ ބާރުގެ ދަށުގައި އޮންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އައިއެސްއިން މިހާތަނަށް އެގަބީލާއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ މީހުން މަރާފައިވާކަމަށްވެސް އެ ގަބީލާއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް