މަސައްކަތް ކުރުވައި ފައިސާ ނުދީހުރި އެތައް ހާސް ބިލުތަކަށް ފަސް ހަފުތާތެރޭ ފައިސާ ދައްކާ ނިމޭނެ: ރައީސް މުޢިއްޒު

މަސައްކަތް ކުރުވައި ފައިސާ ނުދީހުރި އެތައް ހާސް ބިލުތަކަށް ފަސް ހަފުތާތެރޭ ފައިސާ ދައްކާ ނިމޭނެކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޚަބަރު ދެއް...

02 Oct 2025 | 14:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މަސައްކަތް ކުރުވައި ފައިސާ ނުދީހުރި އެތައް ހާސް

ބިލުތަކަށް ފަސް ހަފުތާތެރޭ ފައިސާ ދައްކާ ނިމޭނެކަމުގެ އުފާވެރި ޚަބަރު ރައީސް

ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި

ޚަބަރު ދެއްވީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ނޮވެމްބަރު

2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް

ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު

ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ

އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ،

ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަމަށެވެ.

ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ

ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު

ކާމިޔާބިއެއް ކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް