35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހެއް މަރާއިމެދު ސުވާލު އުފައްދައިފި - އެކުގައި ހޭދަކުރެވުނީ އެންމެ ރެއެއް

އަވަށްޓެރި އިންޑިއާގައި 75 އަހަރުގެ މީހެއްގެ މަރާއިމެދު ޢާއިލާއިން ސުވާލު އުފައްދައިފިއެވެ. ކުރިން ކައިވެންޏެއް ކުރި ނަމަވެސް ދަރިއަކު ނެތް އަދި އަނބިމީހާވެސް މަރުވެފައިވާ ސަންގްރޫ ރާމް މިދިޔަ ހޯމަ ދު...

02 Oct 2025 | 07:36
ސަންގްރޫ ރާމާއި މަންބަވަތީ -

ސަންގްރޫ ރާމާއި މަންބަވަތީ -

އަވަށްޓެރި އިންޑިއާގައި 75 އަހަރުގެ މީހެއްގެ މަރާއިމެދު

ޢާއިލާއިން ސުވާލު އުފައްދައިފިއެވެ.

ކުރިން ކައިވެންޏެއް ކުރި ނަމަވެސް ދަރިއަކު ނެތް އަދި

އަނބިމީހާވެސް މަރުވެފައިވާ ސަންގްރޫ ރާމް މިދިޔަ ހޯމަ ދުވަހު ކައިވެނި ކުރީ

ކުރިން ކައިވެންޏެއް ރޫޅި ދެ ދަރިން ލިބިފައިވާ މަންބަވަތީއާއެވެ.

އުއްތަރު ޕްރަދޭޝްގެ ޖޯންޕޫރުގައި ހިނގި މި

ހާދިސާގައި އެ އަންހެން މީހާ ބުނެފައިވަނީ ކައިވެނީ ގެ ފުރަތަމަ ރޭ ވަރަށް ދަން

ވަންދެން ދެމީހުން ވާހަކަ ދައްކަން ތިބި ކަމަށާއި އެއަށްފަހު އަނެއް ދުވަހު

ސަންގްރޫ ރާމްގެ ހާލަތު ގޯސްވުމުން ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. މަރުވީ

ފަރުވާދެމުންދަނިކޮށް ކަމަށެވެ.

ނަމަވެސް މަންބަވަތީގެ ވާހަކަ ސަންގްރޫ ރާމްގެ ޢާއިލާއިން

ގަބޫލެއް ނުކުރެއެވެ. ދަނޑުވެރިކަމުގައި އުޅޭ، ކޮންމެވެސް ވަރަކަށް

ތަނަވަސްކަންވެސް ހޯދާފައިވާ ސަންގްރޫރާމްގެ މަރުގައި މަންބަވަތީގެ އަތެއް އޮންނާނެ

ކަމަށް ބަލައި ސަންގްރޫ ރާމްގެ ޢާއިލާއިން ވަނީ އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް