ވައިޓް ހައުސް ސީލިންގުން މީދަލެއް ވެއްޓި ފަލަ ސުރުހީއަށް

އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި ރައީސްގެ ރަސްމީ އޮފީސް ކަމުގައިވާ ވައިޓް ހައުސްގެ ސީލިންގުން މީދަލެއް ވެއްޓުނު ހަބަރު ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފިއެވެ. އެ މީދާ ވެއްޓުނީ ...

02 Oct 2019 | 02:45

އެމެރިކާގެ ރިޔާސީ ގަނޑުވަރު އަދި ރައީސްގެ ރަސްމީ އޮފީސް ކަމުގައިވާ ވައިޓް ހައުސްގެ ސީލިންގުން މީދަލެއް ވެއްޓުނު ހަބަރު ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފިއެވެ.

އެ މީދާ ވެއްޓުނީ އެންބީސީ ނިއުސްގެ ކަރެސްޕޮންޑެންޓް، ޕީޓަރ އެލެކްސެންޑަރގެ އުނގަށެވެ. އެކަން ހާމަކޮށް އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވައިޓް ހައުސް ސީލިންގުން މީދަލެއް ވެއްޓުނީ އޭނާގެ އުނގަށް ކަމަށެވެ. އެވަގުތު ނޫސްވެރިންގެ ހަޅޭކުގެ އަޑާއި ކޮޅުކޮޅަށް ނޫސްވެރިން ދުވި ކަމަށާއި އަދި އެ މީދާ ވީޑިއޯ ކުރެވޭތޯ ނޫސްވެރިން މަސައްކަތް ކުރި ކަމަށް އެހެން ނޫސްވެރިއަކު ޓްވީޓް ކޮށްފައިވެއެވެ.

ހަމަ އެ ނޫހުގެ ސީނިއަރ ރިޕޯޓަރ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ވައިޓް ހައުސްގައި، ފާއިތުވި މަސްތަކުގައިވެސް އެންމެ މަޖާ ދުވަސް ކަމަށެވެ.

އޭރު ނޫސްވެރިން ވައިޓް ހައުސް އަށް ގޮސް ތިބީ އިވެންޓެއް ކަވަރު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް