އިންޑޮނީޝިއާގައި އާ ބްރިޖެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޯރީގައި އެއްފަހަރާ ގިނަ ބަޔަކު އެރުމުން ބްރިޖު ވެއްޓިއްޖެ

އިންޑޮނީޝިއާގެ ހުޅަނގު ޖާވާގެ ޕަންގަންދަރަން ރީޖެންސީގައި އަލަށް ބިނާކުރި ޕޮންގްޕެޓް ސަސްޕެންޝަން ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބުރިޖު މައްޗަށް ގިނަ ބަޔަކު އެރުމާ އެކު ބުރިޖުގެ ވާގަނޑެއް ކެނޑި ބު...

02 Sep 2026 | 14:59
އިންޑޮނީޝިއާގައި އަލަށް ހުޅުވި ބްރިޖު ވެއްޓެނީ

އިންޑޮނީޝިއާގައި އަލަށް ހުޅުވި ބްރިޖު ވެއްޓެނީ

އިންޑޮނީޝިއާގެ ހުޅަނގު ޖާވާގެ ޕަންގަންދަރަން ރީޖެންސީގައި އަލަށް ބިނާކުރި ޕޮންގްޕެޓް ސަސްޕެންޝަން ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބުރިޖު މައްޗަށް ގިނަ ބަޔަކު އެރުމާ އެކު ބުރިޖުގެ ވާގަނޑެއް ކެނޑި ބުރިޖު ވެއްޓިއްޖެ އެވެ.

މި ހާދިސާ ހިނގީ އޮގަސްޓް 30 ވަނަ ދުވަހު ރަސްމީކޮށް ބްރިޖު ހުޅުވުމަށް ފަހު އެތައް ބަޔަކު ބުރިޖު ހުރަސްކުރަން ފެށި ވަގުތުގައެވެ. އަނިޔާވި މީހުންގޭގައި ބްރިޖު ހުޅުވައިދިން ވެރިންނާއި އާންމުން ހިމެނެ އެވެ.

އިންޑޮނީޝިއާ ސިފައިން ބުނީ މި ހާދިސާގައި އެއްވެސް މީހެއް މަރުނުވާ ކަމަށާއި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި ޕަންގަންދަރަން ރީޖެންޓްގެ ވެރިޔާ ސިތުރާ ޕިތުރިޔާމީ އާއި ޕަބްލިކް ވާކްސް ޑިޕާޓްމެންޓުގެ ލިންގް ލިންގް ނުގުރަހާ ސެންޖާޔާ ހިމެނެއެވެ.

ދިގުމިނުގައި 196 ފޫޓުގެ ލަކުޑި މި ބްރިޖު ހަދާފައި އޮތީ ކޯރެއްގެ 10 ފޫޓު މަތީގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބުރިޖު މައްޗަށް އެރި މީހުންގެ ބަރު ނުހިފެހެއްޓި ވާގަނޑެއް ކެނޑުނީ ކަމަށާއި ބުރިޖު އެއް ފަރާތަށް އެލި ވެއްޓެން ފެށުމުން ބައެއް މީހުން ބުރިޖުގެ ބައިތައް ހިފަހައްޓައިގެން ކޯރަށް ނުވެއްޓި ސަލާމަތްވާން މަސައްކަތްކުރި މަންޒަރު ފެނިފައި ވާ ކަމަށެވެ.

އެ ގައުމުގެ މާގަސިންތާ އަވަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ފަސޭހަކޮށްދިނުމަށް ބިނާކުރި މި ބުރިޖު މައްޗަށް 50 އަށް ވުރެ ގިނަ މީހުން އެއް ފަހަރާ އެރުމުން ކަނޑައެޅިފައިވާ ކެޕޭސިޓީ ހަމަވެ ވައަތު ފަރާތުގެ ވާގަނޑު މައި އަމުނާ ނިޒާމުން ނެއްޓުނީ ކަމަށް ސިފައިންގެ ތަރުޖަމާނު މީޑިއާގައި ބުނެފައިވެ އެވެ. އޭނާ ބުނީ ބުރިޖުގެ މައިގަނޑު އޮނިގަނޑު އެ ހުރި ގޮތަށް ހުރި ކަމަށާއި މައްސަލަ ދިމާވެފައި ވަނީ ވައަތު ފަރާތުގެ ވާގަނޑު މައި ނިޒާމުން ނެއްޓުމުން ކަމަށެވެ.

ބުރިޖު ހުޅުވުމުގެ ކުރިން ޕަންގަންދަރަން 0625 މިލިޓަރީ ޑިސްޓްރިކްޓް ކޮމާންޑުން ސަލާމަތީ ޤަވާއިދުތައް ނޯޓިސް ބޯޑެއްގައި ބަހައްޓާފައި ހުރި ނަމަވެސް ރައްޔިތުންގެ ފޯރީގައި އެ އިރުޝާދުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް ސިފައިންގެ ތަރުޖަމާނު ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވި ނަމަވެސް ބުރިޖުގެ ވާ ނިޒާމު މަރާމާތު ކުރަން ޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް