ވަޒީރު އަބްދުﷲ ރާފިއު މިއަދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނާ ބައްދަލު ކުރެއްވުން --
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި
ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް
ނިންމައިފި އެވެ.
ފަލަސްތީނުގެ ކުޅިވަރާއި ބެހޭ އިދާރާ އިން ވަނީ
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ އެ ގައުމުގެ ގައުމީ
ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ދިނުމަށް އެފްއޭއެމްގައި އެދިފަ އެވެ. އެކަމާއި
ގުޅިގެން އެފްއޭއެމުން ނިންމީ ސަރުކާރާ އެކަމުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މިއަދު
ބުނީ ވަޒީރު އަބްދުﷲ ރާފިއު މިއަދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)
ގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ކަމަށެވެ. އަދި މި ބައްދަލު ކުރެއްވުމުގައި
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ގައި ވާދަކުރާ ފަލަސްތީނުގެ
ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި
ވަނީ މަޝްވަރާ ކޮށްފައި ކަަމަށް ވެސް ބުންޏެވެ.
އެ ވުޒާރާ އިން ބުނީ މިއީ ފަލަސްތީނާއި ރައްޖޭގެ
ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި
ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް