ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި، މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނާއި އެކީ މަސައްކަތް ފަށައިފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މަރުތަކާއި ބެހޭ ކޮމިޝަނާއި އެކީ ވަރކިން ލެވެލެއްގައި މިއަދު މަސައްކަތް ފެށިފައިވާ ކަމުގައެވެ.
"މައްސަލަ ރަސްމީކޮށް މިއޮފީހަށް ހުށަހެޅުއްވުމުން އިންޞާފު ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދެން." ޕީޖީ އިން ވިދާޅުވިއެވެ.
https://twitter.com/PGO_MV/status/1168416693632172033
ޕީޖީއިން މިހެން ބުނިއިރު، ރިލްވާންގެ މައްސަލަ ޕީޖީ އަށް ހުށަހަޅައި ދައުވާކުރުން އަވަސްކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފައެވެ.
މަރުތައް ތަހުޤީގުކުރުމަށް ރައީސް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވަނީ ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް