އިކޮނޮމިކް މިނިސްޓްރީން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަޙައްދުތައް ކަނޑައަޅައިފި

އިކޮނޮމިކް މިނިސްޓްރީން ހުޅުމާލޭގައި24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހުޅުމާލޭގައި ސައިހޮޓާ ރެސްޓޯރަންޓް، ކެންޓީން ހިންގުމުގެ ގަވާއިދާއި އިމްޕޯޓް މުދަލުގެ ވިޔަފާރި...

02 Sep 2019 | 06:41

އިކޮނޮމިކް މިނިސްޓްރީން ހުޅުމާލޭގައި24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.

އެގޮތުން ހުޅުމާލޭގައި ސައިހޮޓާ ރެސްޓޯރަންޓް، ކެންޓީން ހިންގުމުގެ ގަވާއިދާއި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވަނީ ތިން ސަރަޙައްދަކަށެވެ. އެއީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުން އަދި ފެރީ ޓަރމިނަލް ސަރަހައްދާއި ދިމާލުން ފަށުއިމާ ހިނގުމެވެ.

ހުޅުމާލޭގައި 24 ގަޑިއިރަށް ވިޔަފާރި ކުރައްވަން ބޭނުންވާ ފަރާތްތަކަށް، މިހާރު ވަނީ 24 ގަޑިއިރަށް ވިޔަފާރި ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ހުއްދަ އަށް އެދޭ ފޯމް، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރި ފަހުން މާލެއިން 14 ތަނަކަށް ހުއްދަދީފައިވާއިރު އައްޑޫ ސިޓީން 2 ތަނަކަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް