ދިރާގުން ބޮޑު އީދާ ދިމާކޮށް "ބޮޑު ޑޭޓާ" ދެނީ

އަޟްހާ އީދަށް ހާއްސަކޮށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގ...

02 Sep 2017 | 09:48

އަޟްހާ އީދަށް ހާއްސަކޮށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ދިރާގުގެ ތިން ޑޭޓާ ޕެކޭޖެއް ނެގެ އެވެ.

އެ ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ އެއް ޖީބީ އާއި ހަތަރު ޖީބީ އަދި ހަ ޖީބީ އެވެ. މީގެން ޕެކޭޖެއް އެކްޓިވޭޓު ކޮށްފި ނަމަ ނަގާ ޕެކޭޖެއްގެ ދެކުނަ އާއި އެކު އެއް މަސްދުވަހަށް ވައިބާ ހިލޭ ލިބެ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 31 އޯގަސްޓުން ތިނެއް ސެޕްޓެމްބަރުގގެ ނިޔަލަށް ޕެކޭޖު އެކްޓިވޭޓު ކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް