ބީއެމްއެލްއިން އިންޓަނެޓް ބޭންކިންއަށް ހޭލުންތެރި ކުރުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުން އިންޓަނެޓް ބޭންކިން އަށް ހޭލުންތެރި ކުރުވުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. މި ކެމްޕެއިން ކުރިޔަށް ގެންދަނީ އެ ބޭންކުގެ ހުރިހާ ބްރާންޗުތަކެއްގ...

02 Sep 2017 | 09:10

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުން އިންޓަނެޓް ބޭންކިން އަށް ހޭލުންތެރި ކުރުވުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދަނީ އެ ބޭންކުގެ ހުރިހާ ބްރާންޗުތަކެއްގައި އެވެ. އެންމެ ފުރަތަމަ މި ހަރަކާތް ފަށާފައިވަނީ މިއަދު އައްޑޫ ސިޓީ ހުޅުދޫގައި އެވެ.

މާދަމާ އައްޑޫ ސިޓީ ހިތަދޫގައި ރޯޑް ޝޯ ކުރިޔަށް ގެންދިއުމަށްފަހު ހޯމަ ދުވަހު ފޭދޫ އަދި މަރަދޫގައި ކުރިޔަށް ގެންދާނެ އެވެ. އޭގެ އިތުރުން އަންނަ އަންގާރަ ދުވަހު ވެލާނާގެ އޮފީސް އިމާރާތުގެ ކައިރީގައި ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް ބީއެމްްއެލް އިން ބުންޏެވެ.

މިފަދަ ރޯޑްޝޯތައް ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި ކުރިޔަށް ގެންދާނެ އެވެ. މި ހަރަކާތްތައް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ދިނުމާއި އެޕްލިކޭޝަން ބަލައިގަތުން ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީކުރުމުގެ އިތުރުން ކާޑު އެޕްލިކޭޝަންތައް ވެސް ބަލައިގަންނާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެ އެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިންއަކީ އެންމެ ފަސޭހައިން މުސާރަ ޖަމާވި ގޮތް ބެލުމުގެ އިތުރުން ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ހުރެގެން ފައިސާ މުއާމަލާތްކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ހިދުމަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް