މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި، މިއަދާއި މާދަމާވެސް ވިއްސާރަ ވާނެ

މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ. ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 10:00 ން ހަވީރު 4:00 އަށެވެ. ވައިޓް އެލާޓު ނެރެނީ ރައްކާތެރި ކަމުގެ ފިޔަވަ...

02 Sep 2017 | 07:12

މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 10:00 ން ހަވީރު 4:00 އަށެވެ. ވައިޓް އެލާޓު ނެރެނީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ މި ވިއްސާރައިގަ ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކަށް ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުން، ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ވައި ގަދަވާނެ ކަމަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ފަސް މޭލާއި 15 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކުރެ އެވެ.

އެހެންވެ އީދު ޗުއްޓީގައި ދަތުރުފަތު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް