އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު -
ދަރިފުޅަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ދައްކަމުން ނުދާ މީހެއްގެ މަޢުލޫމާތު، ފިޔަވަޅެއްގެ ގޮތުން، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ޢާއްމުކޮށްފިއެވެ.
ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ، ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ، އެ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން އެ މީހާގެ މަޢުލޫމާތު ޢާއްމުކުރަން ނިންމީ ކަމަށެވެ.
ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބުގެ އެވެ.
ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދީ ހިފަހައްޓާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު ފެމިލީ ކޯޓުން ފެށީ 2018 ވަނަ އަހަރުއެވެ. ނަމަވެސް އެ ކޯޓުން އެކަން ކުރުމުގެ ކުރީން، ޅ. ހިންނަވަރު ކޯޓުން ވަނީ އެ އުސޫލު ފަށައިފައެވެ. މިހާރު ފެމިލީ ކޯޓުން ވެސް މަދު މަދުން ޚަރަދު ނުދޭ މީހުންގެ ނަން ޢާއްމުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް