ގެދޮރު އިމާރާތްކުރަން ދޫކުރާ ލޯނުން އިންޓެރެސްޑް ކުޑަކުރުމަށް ހައުސިންގ މިނިސްޓަރު އާތިފާ ޝުކޫރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މަޝްވަރާކުރައްވައިފިއެވެ.
ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތްކުރާން ފަސް ޕަސެންޓާއި، ހަ ޕަސެންޓާއި ދެމެދުގެ އިންޓެރެސްޓް ގެ ލޯނު ދޫކުރުމަށް އެމްއެމްއޭގެ ގަވަރުނަރާއި މަޝްވަރާކުރެއްވި ކަމުގައެވެ.
https://twitter.com/HousingGovMv/status/1145745168076689408
މިކަމާއި ގުޅޭ އިތުރު ތަފްސީލު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ގެދޮރު އިމާރާތްކުރަން ކުޑަ އިންޓްރެސްޓްގެ ލޯނު ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް