ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި

ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް މިއަދު ހުޅުވައިފި...

02 Jun 2026 | 14:21
N/A

N/A

ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.

ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި މާޅޮހު ކައުންސިލުގެ ރައީސް މުޙައްމަދު ޠާރިޤް ޢަބްދުއްރައްޒާޤް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކައުންސިލް މެންބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.

މި އިމާރާތުގެ ބިންގާ އެޅީ 2025 ވަނަ އަހަރުގެ އޮގަސްޓް 14 ގައެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން އިމާރާތުގައި އިދާރީ ބަޔަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކޮށްފައިވެއެވެ. ރަސްމިއްޔާތުގައި އެމްޓީސީސީ އާއި މާޅޮހު ކައުންސިލުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ހަނދާނީ ލިޔުން ދީފައިވެއެވެ.

ބ. މާޅޮހުގައި ފުލުހުން ޤާއިމުވެ ޚިދުމަތް ދޭން ފެށީ 2024 ވަނަ އަހަރުގެ ޖެނުއަރީ 27 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް