ހިމަބިހީގެ އިތުރު ދެ ކޭހާއެކު ޖުމުލަ 11 އަށް

ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ ޢަދަދު 11 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި އަޕްޑޭޓުގަ...

02 Jun 2026 | 09:09
N/A

N/A

ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ ޢަދަދު 11 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި އަޕްޑޭޓުގައި ބުނީ، ފާއިތުވި ހަފުތާތަކުގައި ފެނުނު ކޭސްތަކާ އެކު މި އަހަރުގެ މިހާތަނަށް ޖުމްލަ 11 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މެއި މަހުގެ ތެރޭގައި އެކަނި މާލޭ ސަރަހައްދުން ހަ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވިއެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާ އިރު މާސްކު އެޅުމަށާއި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެ އެޖެންސީން އެދިފައިވެއެވެ.

ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް