ފިޔާ އަގަށް ބަދަލެއް ނުގެންނާނެ، ސްޓޮކް ވެސް އެބަހުރި: އެސްޓީއޯ

ބާޒާރުގައި ފިޔާ ވިއްކާ އަގު ބޮޑުވަމުން ދިޔަ ނަމަވެސް، އެސްޓީއޯ އިން މިހާރު ވެސް ވިއްކާ އަގަށް ބަދަލެއް ނުގެންނާނެ ކަމަށާއި ފިޔާގެ ސްޓޮކް އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ. ޕީއެސްއެމް ނިއުސް އަށ...

02 Jun 2026 | 02:08
N/A

N/A

ބާޒާރުގައި ފިޔާ ވިއްކާ އަގު ބޮޑުވަމުން ދިޔަ ނަމަވެސް، އެސްޓީއޯ އިން މިހާރު ވެސް ވިއްކާ އަގަށް ބަދަލެއް ނުގެންނާނެ ކަމަށާއި ފިޔާގެ ސްޓޮކް އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ފިހާރަތަކުން ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް މިހާރު ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރަށް ބޭނުންވެއްޖެ ނަމަ ކުރިން ވެސް މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ އުސޫލުން ފިޔާ އެތެރެކުރެވޭނެ ކަމަށެވެ.

ބާޒާރުގެ ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 25 ރުފިޔާ އިން މައްޗަށް ވިއްކަމުންދާ އިރު، އެސްޓީއޯ އިން ފިޔާ ކިލޯއެއް ވިއްކަނީ 13 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް