ޗައިނާގެ ސަރުކާރާއި އެ ގައުމުގެ މަދަނީ ޖަމިއްޔާތަކާއި ވިޔަފާރި ކުންފުނިތައް ހިމެނޭހެން ރާއްޖެއަށް ކޯވިޑް19 ގެ މި ހާލަތުގައި ގިނަ އަދަދެއްގެ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.
އޭގެ ތެރޭގައި 10 ވެންޓިލޭޓަރާއި ދިހަ ހާސް ޓެސްޓް ކިޓާއި ދެ ލައްކައަށްވުރެ ގިނަ ފޭސް މާސްކުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ބޭޏުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) އާއި އަދިވެސް އިތުރު އެހީގެ ސާމާނު ހިމެނެއެވެ.
މި ތަކެތި ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު ވަނީ ޗައިނާއަށް ޝުކުރު އަދާކުރައްވާ ބަޔާނެއް ނެރުއްވާފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާއު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެ ގައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވާކަމަށެވެ. އަދި މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައިކަންވެސް ފޮރިން މިނިސްޓަރު ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް