"ހަފްތާ ރެސް" ރޯދަ މަހު ނުބާއްވަން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ "ހަފްތާރެސް" ވީކެންޑް މާކެޓް ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިތުރު އީދަށްފަހުގައި ކަމަށެވެ.
މި މާކެޓްގެ މިހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް