ޑިންގީއެއްގެ ބުރަފަތިން ޖެހި ބިދޭސީއަކު މަރުވެއްޖެ

އއ ހަލަވެލި ރިސޯޓުގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވ...

02 May 2019 | 08:14

އއ ހަލަވެލި ރިސޯޓުގައި މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީ އެމީހާ މަރުވީ ފައްތިޔަލުގައި އަޅާފައި އޮތް ޑައިވިން ދޯންޏަކަށް ދިއުމަށް ޑިންގީއެއްގައި ނައްޓާލިވަގުތު ވެއްޓި އެ ޑިންގީގެ ބުރަފަތީގައި ބޯ ޖެހިގެން ކަމަށެވެ.

"ޑައިވިން ދޯނީގައި ހުރި ދޯނި ކެޕްޓަން ބަލާ އެ ދޯނިގެ ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރާ 41 އަހަރުގެ ބަންގްލަދޭޝް މީހަކު ޑައިވިން ދޯނީޣެ ޑިންގީގައި ނައްޓާލި ވަގުތު މޫދަށް ވެއްޓި ޑިންގީގެ ބުރަފަތީގައި ބޯ ޖެހި ނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު 11:12 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އަތޮޅު ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. ހާދިސާ ހިނގާފައިވަނީ އެކަނި ޑިންގީގައި ނައްޓާލިތަނުން ފަހަތައް ވެއްޓިގެން ކަމަށާއި މީނާ ވެއްޓޭތަން ފެނިގެން މީހުން އެ ސަރަހައްދަށް ދިޔައިރު މީނާގެ ގަމީސް ޑިންގީގެ ބުރަފަތީގައި އޮޅިފައި އޮތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް