ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ ދަށުން، 24،300 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާ އެކު ފެންހިންދާ ނިޒާމު ގާއިމް ކުރެވޭނެއެވެ. އަދި 123 މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަދަންޖެހޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން 2.7 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ނިންމައިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޕްލޭނިން މިނިސްޓަރީން އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓް 240 ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް