ރައްޔިތުން މަޖިލީހުގެ ތޭރަ ބުރީގެ އާ އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މީގެ ކުރިން ކޮށްފައިވާ އިއުލާންތައް ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވައިލާ ކަމަށެވެ. ބޭނުންވަނީ މަޖިލިސް އާ އިމާރާތުގެ ފަރުނީޗަރާއި ފިޓިންގސް އަދި ޕާރޓިޝަން ސަޕްލައި، ޑެލިވަރ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކަމަށްވެސް އެމިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ. އަދި ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި ބީލަމުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 80،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 118 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް