މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު ދަށަށް ހިނގައްޖެއެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 102 މިލިއަން ސަރުކާރަށް ލިބިފައިވާއިރު މިއަހަރު ޖެނުއަރީ މަހު ސަރުކާރަށް ލިބިފައިވަަނީ 78.2 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރިސޯޓުތަކުން 70 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގެސްޓްހައުސްތަކުން ތިން މިލިއަން ރުފިޔާ މީގެ އިތުރުން ހޮޓާތަކުން 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ސަފާރީ އުޅަނދު ފަހަރުތަކުން ވަނީ 2.5 މިލިއަން ރުފިޔާ ލިބިފަ އެވެ.
އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވާނީ މާލެ އަތޮޅުންނެވެ. މި އަތޮޅުން 28 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ އދ އަތޮޅުންނެވެ. އެއީ 9.3 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ. އެއީ 6.6 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓްތަކުންނާއި ހޮޓާތަކުންނާއި އަދި ސަފާރީތަކުން ގްރީން ޓެކްސް ނަގަން ފެށީ 2015 ވަނައަހަރުގައެވެ. މި ފަދަ ތަންތަނަށް އަންނަ ޓުއަރިސްޓުންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ޓެކްސް ނަގާއިރު ގެސްޓްހައުސް ވިޔަފާރި ތަކުން ނަގަނީ ދުވާލަކަށް ތިން ޑޮލަރެވެ. ގެސްޓް ހައުސް ވިޔަފާރިތަކުން ގްރީން ޓެކްސް ނަގަން ފެށީ 2016 ވަަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް