ގެއެއްގެ ބެލްކަނީ ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ހެންވޭރު ގެއެއްގެ ބެލްކަނީ ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީއަކަށް ކަމަށެވެ. އެމީހުންނަށް އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާ އިރު ހާލު އެހާ ސ...

02 Feb 2020 | 07:41

ހެންވޭރު ގެއެއްގެ ބެލްކަނީ ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީއަކަށް ކަމަށެވެ. އެމީހުންނަށް އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާ އިރު ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

މިހާދިސާގައި ވެއްޓިފައިވަނީ ހެންވޭރު ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަންޏެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް