13 މީހުނާއި އެކު މަހަށް ފުރި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފްއިން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ "ޔުނިޓީ" ނަމަކަށް ކިޔާ ދޯންޏެކެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު މަހަށް ފުރި އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ 14:10 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ދޯނި މިދިޔަ އަންގާރަ ދުވަހު ހއ. ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަން ކުރުމުގައި އުޅުނު މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ޔުނިޓީ ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި އަދި ބޭރުގައި ގަދަ ނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އެ ދޯންޏާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ އެކަން ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވަން އެމްއެންޑީއެފުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް