ވެލާނާގެ ކައިރި ސައިކަލް ޕާކު ކުރާނެ ސަރަހެއްދެ ހުޅުވައިފިއެވެ.
ސަރުކާރުގެ ގިނަ އޮފީސް ތަކެއް ހުންނަ މި ސަރަހައްދުގައި 120 ސައިކަލް ޕާކު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 120 ސައިކަލް ޕާކުކުރެވޭނެ ހެން މިހުޅުވި ޒޯނަކީ ކުރީގެ ރައީސްގެ ސަރުކާރުގައި މެކޭނިކަލް ޕާރކިން ސިސްޓަމެއް ގާއިމުކުރުމަށް ކަަމަށް ބުނެ ބަންދުކޮށްފައިވާ ސަރަހައްދެކެވެ. އެއީ ވެލާނާ ގެޔާއި ދަރުމަވަންތަ ސުކޫލާއި ދެމެދު އޮންނަ ހުސް ޖާގައެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި އިތުރު ސައިކަލް ޕާކިން ޒޯނުތަކެއް ބޭނުންވާނެ ކަމަށެވެ. އެ ސަރަހައްދުގައި މިހާރުވެސް ޕާކިން ޒޯނުގެ ގޮތުގައި ދެތަން ބޭނުންކުރަމުންދެއެވެ. އެއީ ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންނާއި ދެމެދު އޮންނަ ގޯޅިއާއި އަދި ވެލާނޭގޭ ތިރީގައި އޮންނަ ހާއްސަ ޕާކިން ޒޯނެވެ.
ސައިކަލް ޕާކިން ޒޯން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ ވިދާޅުވީ ކުރީގެ ސަރުކާރުން ގާއިމުކުރި މެކޭނިކަލް ޕާކިން ސިސަޓަމް ތަކަކީ އެއްވެސް ބޭނުންތެރި އެއްޗެއް ނޫންކަމަށެވެ. އަދި އެޕާކިން ސިސްޓަމްތަކުން އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް