އަލިފާން ނިއްވުމަށް ބޭނުންކުރާނެ ސައިކަލުތައް ތަޢާރަފް ކޮށްފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް، އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންކުރަން މިއަދު ފަށައިފިއެވެ. ސެނަހިޔާ ކުރިމަތީ މިކަން އިފް...

01 Dec 2018 | 10:06

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް، އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންކުރަން މިއަދު ފަށައިފިއެވެ.

ސެނަހިޔާ ކުރިމަތީ މިކަން އިފްތިތާހު ކޮށްދިނުމަށް  ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ މި ސައިކަލު ތަކަކީ ވަރަށްވެސް ބޭނުން ތެރި އެއްޗެއްކަމަށާއި، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ވެހިކަލްތަކަށް ނުވަދެވޭ ހަނި މަގުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށްވެސް އަވަސްކަމާއިއެކު ޙިދުމަތް ފޯރުކޮށްދެވޭނޭ ކަމަށެވެ.

މި ރަސްމިއަޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ 2018" ގެ ހަރަކާތެއްވަނީ ދައްކާލާފައެވެ. މިގޮތުން އަލިފާން ރޯވެފައިވާ ކާރެއްގެ އަލިފާން ނިއްވުމުގައި މި ދެ ސައިކަލް ބޭނުންކޮށްގެން ހަރަކާތްތެރިވާތަން ވަނީ ދައްކާލާފައިވެއެވެ.

މި ސައިކަލްތަކުގައި ފަޔަރ ބެކަޕެކެއް ބެހެއްޓިފައިވެއެވެ. ދެ ލީޓަރުގެ ކޮމްޕްރެސްޓް އެއަރ ގެ އެހީތެރިކަމާ އެކު ބޭނުންކުރެވޭ މި ފަޔަރ ބެކްޕެކްގައި 10 ލީޓަރުގެ ފެންހިމެނެއެވެ. އަދި ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ސައިކަލްގެ ޔޫ ބޮކްސް ތެރޭގައި ބަންދު ތަންތަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތެއް ކަމުގައިވާ ޑީއެސްޕީ (ޑްރައި ސްޕްރިންކްލާ ޕައުޑަރ) އެށް ބެހެއްޓިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް