ރައީސް ޞާލިޙް ދިއްފުށްޓަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު މާލެ އަތޮޅު ދިއްފުށްޓަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދިއްދުށްޓަށް ފައިބައިވަޑައި...

01 Dec 2018 | 06:33

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު މާލެ އަތޮޅު ދިއްފުށްޓަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދިއްދުށްޓަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ އޮތޮޅު ދިއްފުށްޓަށާއި ގިރިފުށްޓަށް ކުރައްވާ މި ދަތުރުފުޅުގައި، ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވައި، ގިރިފުށީގައި ބާއްވާ 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ބްރީފިންގގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ފައްޓަވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް