ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގެ މައުލޫމާތު އައު ކޮށްފި އެވެ.
މިރޭ 08:00ގައި ނެރުނު އައު އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ށ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި އެ ސަރަހައްދުގައި ވައި ޖެހެމުންދާނީ ގަޑިއަކު 30 މޭލާއި 35 މޭލު ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
ޔެލޯ އެލާޓް ނެރެފައިވާއިރު ތޫފާން ދަތުރުކުރަމުން އަންނަނީ ރާއްޖެއާއި ދުރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް