ރާއްޖެއަށް ވައި އެންމެ ގަދަވީ މާމިގިއްޔަށް އެއީ ގަޑިއަކު 59 މޭލު: މެޓް އޮފީސް

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ އިރު މި ތޫފާނުގައި މިހާތަނަށް ރާއްޖެއަށް ވައި އެންމެ ގަދަވީ މާމިގިއްޔަށް ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަ...

01 Dec 2017 | 15:07

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ އިރު މި ތޫފާނުގައި މިހާތަނަށް ރާއްޖެއަށް ވައި އެންމެ ގަދަވީ މާމިގިއްޔަށް ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ މިއަދު މެންދުރު 02:00 ހާއިރު މާމިގިލީ އެއާޕޯޓަށް ގަޑިއަކު 59 މޭލަށް ވައި ގަދަވި ކަމުގަރި ރެކޯޑް ކުރެވިފައި ވާކަމަށެވެ.

މެޓް އޮފީހުން މިވަގުތު ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު ތޫފާން ދަތުރުކުރާ ބާރުމިން އަވަސް ވެފައިވާކަން ދުވަސް އަށް ފާހަގަ ކުރެވުނެވެ. އެއީ ހެނދުނު މައުލޫމާތު ދެމުން މެޓް އޮފީހުން ބުނެފައިވަނީ ތޫފާން ދަތުރުކުރަމުންދަނީ ގަޑިއަކު 12 މޭލަށް ކަމަށެވެ. ނަމަވެސް މިހާރު ތޫފާން ދަތުރުކުރަމުން އަންނަނީ ގަޑިއަކު 15 މޭލަށް ކަމުގައި މެޓް އޮފީހުން ބުންޏެވެ.

ތޫފާން ދަތުރުކުރަމުން އަންނަ ސްޕީޑް އަވަސް ވުމުން ހޮނިހިރު ދުވަހަށް ފަހު މޫސުން އަލިވެދާނެކަމުގައި މިހާރު ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް