މަދު ވަގުތުކޮޅެއްގައި އިންޑިއާ ނޭވީން ކަނޑުމަތިން 134 މީހަކު ސަލާމަތް ކޮށްފި

ތޫފާން އޫޗީގެ އަސަރު މިވަގުތު އެންމެ ބޮޑަށް ކުރަމުން އަންނަ އިންޑިއާއިން 200 އަށްވުރެ ގިނަ މަސްވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އިންޑިއާގެ ނޭވީން ފެށި ހާއްސަ އޮޕަރޭޝަންގައި މަދު ވަގުތުކޮޅެއްގަ...

01 Dec 2017 | 14:50

ތޫފާން އޫޗީގެ އަސަރު މިވަގުތު އެންމެ ބޮޑަށް ކުރަމުން އަންނަ އިންޑިއާއިން 200 އަށްވުރެ ގިނަ މަސްވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އިންޑިއާގެ ނޭވީން ފެށި ހާއްސަ އޮޕަރޭޝަންގައި މަދު ވަގުތުކޮޅެއްގައި ކަނޑުމަތިން 137 މީހަކު ސަލާމަތް ކޮށްފި އެވެ.

އިންޑިއާގެ ނޭވީން ބުނެފައިވާގޮތުގައި ސަލާމަތް ކުރި މީހުންގެ ތެރެއިން 37 މީހަކު ސަލާމަތް ކޮށްފައިވަނީ ހެލިކޮޕްޓަރު ތަކުގަ އެވެ.

ތޫފާން އޯޗީގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ތޫފާން ދަތުރު ކުރަމުން އަންނަނީ މަލިކާއި ދިމާއަށެވެ. މާދަމާގެ ވަގުތެއްގައި ތޫފާން މަލިކަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު މަލިކަށް ވަނީ ރެޑް އެލާޓް ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް