ތޫފާނު އޯޗީގެ އަސަރު މަލިކަށް ކޮށް މަލިކުގެ ގިނަ އަދަދެއްގެ ރުއްގަސް ވެރިއްޖެ އެވެ.
މަލިކުގެ ރައްޔިތެއް ކަމުގައިވާ ފެންގެންނަގޯތީ މުހައްމަދު (އެފްޖީ) އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ތޫފާން އޯޗީގެ އަސަރު މިއަދު ހެނދުނު 09:30 ގައި މަލިކަށް ކޮށްފައިވާކަމަށާއި ފާއިތުވި 12 ގަޑިއިރު ބޯކޮށް ވާރޭ ވެހިފައިވާއިރު ސަރުކާރަށް ނިސްބަތްވާ 50 އޭކަރުގެ ބިމެއްގައިހުރި ގިނަ އަދަދެއްގެ ރުއްގަސް ވެރިފައިވާކަމަށެވެ.
މަލިކަށް ގަޑިއަކު 62 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށާއި ފަސް ބޯޓަކަށް ގެއްލުންވެފައިވަކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.
އެފްޖީ އިތުރަށް ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާކަމަށާއި 50 ރައްޔިތަކު "ރެސްކިއު ސެންޓަރަށް" ގެންގޮސްފައިވާކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް، ސަރުކާރާއި ޑިޒާސްޓަރ މެނޭޖްމެންޓް ކޮމިޓީން ކުރަމުން އަންނަކ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް