ގައުމު ތޫފާނެއްގައި ޖެހިފައިވާއިރު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ކޮބާ !

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކޮށް ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބެމުން އަންނައިރު އަޅައިގަންނަ އެއް ކަމަކީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އަޑު ކެނޑި ވީނުވީއެއް ނުއެނގިފައި ވުމ...

01 Dec 2017 | 11:48

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކޮށް ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބެމުން އަންނައިރު އަޅައިގަންނަ އެއް ކަމަކީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އަޑު ކެނޑި ވީނުވީއެއް ނުއެނގިފައި ވުމެވެ.

މޫސުމީ ސެޓަޕެއް ކޮޅިގަނޑަކަށްވެ ކޮޅިގަނޑު ތޫފާނަކަށްވެ އަދި އެ ތޫފާން ބާރުގަދަ ކެޓަގަރީ އެކެއްގެ ތޫފާނަކަށް ބަދަލުވި އިރުވެސް މީޑިއާތަކަށް އަދި އާންމު ރައްޔިތުންނަށްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުގެ އިރުޝާދެއް ލިބިފައެއް ނެތެވެ.

މީގެ ކުރީގައި ނަމަ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިނަމަ ކަންކުރަންވީ ގޮތުގެ އިރުސާދު އެންޑީއެމްސީން ރައްޔިތުންނާ ހިއްސާ ކޮށްފައި ވެ އެވެ. އަދި ރަށްރަށަށް ލިބެމުންދާ ގެއްލުންތަކުގެ އަޕްޑޭޓް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެމުންދާ މައި މަސްދަރެއްގެ ގޮތުގައި އޮތީ އެންޑީއެމްސީ އެވެ.

މިހާރު މި ހާލަތުގައި މުޅިންވެސް ފެނިވަޑައިގަންނަވަނީ ގައުމުގެ ޑިފެންސް މިނިސްޓަރެވެ. ނަމަވެސް ހިތާމައަކީ ޑިފެންސް މިނިސްޓަރު ފޯނު ނަންގަވާނީ ނުވަތަ ޑިފެންސް މިނިސްޓަރުގެ ސީދާ ބަހެއް ލިބެނީ ގިނަ ފަހަރަށް ދައުލަތުގެ މީޑިއާއަށް އެކަނި ކަމުގައި ވުމެވެ.

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު އަދި އެކި އެކި ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ލިބެމުން އަންނައިރު އެންޑީއެމްސީގެ ވެބްސައިޓް ވެސް އޮތީ ފަޅަށެވެ. ފޭސްބުކް ޕޭޖުގައިވެސް އަޕްޑޭޓެއް ނެތެވެ. ނަމަވެސް ޓްވިޓާ އެކައުންޓް އަޕްޑޭޓްކަން ފާހަގަ ކޮށްލެވެ އެވެ. އެވެސް މެޓް އޮފީހުގެ އެލާޓްތަކުގެ ރިޓްވީޓްތައް އެކަންޏެވެ. ފޯނުތައް ރިންގު ވި ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެ އެވެ.

މިފަދަ ދަނޑިވަޅެއްގައި އެންޑީއެމްސީގެ އެއްވެސް ބަހެއް، އިރުސާދެއް ނެތުމީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމާއިމެދު ޝައްކެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް